މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
މާރާމާރީ ހިންގި މައްސަލައެއްގައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ކަމުރުލް ޖަމާދަރު ނަމަކަށް ކިޔާ 44 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް 15 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި ހާދިސާގައި އަނިޔާ ލިބުނު ފަރާތުގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ހާދިސާ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި، ކަމުރުލް ޖަމާދަރު ބުނެފައި ވަނީ ގަސްތުގައި އެއްވެސް މީހަކަށް އަނިޔާ ނުދޭ ކަމަށާއި، ނަމަވެސް ޖޯޑު އެއްލި ވަގުތު އެ އެއްޗެއް މީހެއްގެ ގައިގައި ޖެހުނު ކަމެއް ނުވަތަ ނޫން ކަމެއް ޔަގީން ނުވާ ކަމަށެވެ.
މި މައްސަލައިގައި ކަމުރުލް ޖަމާދަރުގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ މާރާމާރީ ހިންގުމުގެ ކުށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް