ތިން މީހުންނާއި އެކު ސައިކަލް ދުއްވީ ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައި ހުރި މީހެއް!

ހުޅުމާލޭގައި ވަންވޭއާ ހިލާފަށް ތިން މީހުން އަރުވައިގެން ދުއްވަނިކޮށް އެކްސިޑެންޓުވި ސައިކަލު ދުއްވީ ކްރިމިނަލް ކޯޓުގެ ބަންދު އަމުރެއް ތަންފީޒުވަމުން ދަނިކޮށް ތަޙުޤީޤު ނިމުމާ ގުޅިގެން ދޫކޮށްލި މީހަކުކަ...

11 Oct 2026 | 04:58
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވި އުވެއިސް --

ތިން މީހުން އަރުވައިގެން ސައިކަލް ދުއްވި އުވެއިސް --

ހުޅުމާލޭގައި ވަންވޭއާ ހިލާފަށް ތިން މީހުން އަރުވައިގެން ދުއްވަނިކޮށް އެކްސިޑެންޓުވި ސައިކަލު ދުއްވީ ކްރިމިނަލް ކޯޓުގެ ބަންދު އަމުރެއް ތަންފީޒުވަމުން ދަނިކޮށް ތަޙުޤީޤު ނިމުމާ ގުޅިގެން ދޫކޮށްލި މީހަކުކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެކްސިޑެންޓް ހިންގި ސައިކަލް ދުއްވީ ހ. ލާމިޔާ، އަޙުމަދު އުވެއިސް 22 އަހަރެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ގެސްޓް ހައުސްއަކަށް ފޭކް ސްލިޕެއް ފޮނުވައިގެން ފައިސާ ދެއްކި ކަމުގެ ތުހުމަތުގައި އެވެ.

އެ މައްސަލައިގަ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު އެ މުއްދަތު ހަމަވަނީ މިމަހުގެ 16 ވަނަ ދުވަހަށެވެ. ފުލުހުން މީޑިއާގައި ބުނެފައިވާ ގޮތުގައި އެ މުއްދަތު ހަމަވުމުގެ ކުރިން މިމަހުގެ ހަ ވަނަ ދުވަހު އޭނާ ދޫކޮށްލީ އެ މައްސަލައިގެ ތަހުގީގު ނިމުމުންނެވެ.

އެ ކޯޓުގެ ބަންދު އަމުރުގައި އުވެއިސް ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަޔާންކޮށް، ގިނަ ކުށުގެ ރެކޯޑު އޮތް ކަން ފާހަގަކޮށްފައިވެއެވެ. އެ އެކްސިޑެންޓު ހިނގާފައިވަނީ އުވެއިސް ދޫކޮށްލި ދުވަހުގެ ރޭ އެވެ.

މީގެ ކުރިންވެސް ތަފާތު މައްސަލަތަކެއްގައި އުވެއިސް ހައްޔަރުކޮށްފައިވެ އެވެ.

ހުޅުމާލޭގައި އޭނާ ދުއްވި ސައިކަލުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ގަވައިދާ އެގޮތަށް ދުއްވި ސައިކަލުގައި ތިބީ އެއް ޢާއިލާއެއްގެ ދެ މީހުންނެވެ. މި އެކްސިޑެންޓުގައި އެމީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިނު އިރު އަދިވެސް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި އެވެ.

މި އެކްސިޑެންޓުގައި އޭގެ ތެރެއިން އެކެއްގެ ސިކުނޑިއަށް ލޭ އެޅި، އަނެކާގެ މޫނަށް ބޮޑެތި އަނިޔާތައް ލިބިފައިވެއެވެ. ފަސް މީހުންނަށް ވެސް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް