ތުރުކީގައި 15 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިޔާ ބޭނުންކުރުން މަނާކުރަނީ

އުމުރުން 15 އަހަރު ނުފުރޭ ކުޑަކުދިންނަށް މީސްމީޑިޔާގެ އެއްވެސް މަންސައެއް ބޭނުންނުކުރެވޭ ގޮތް ތުރުކީގައި ހަމަޖައްސައި އެވެ. އެގައުމުގެ ގެޒެޓުގައި އާންމު ކުރި ގަވައިދެއްގެ ދަށުން މީސްމީޑިއާ ބޭނުންކުރާ ...

11 Oct 2026 | 03:00
ތުރުކީގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ވަނީ މަނާކޮށްފައި --

ތުރުކީގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ވަނީ މަނާކޮށްފައި --

އުމުރުން 15 އަހަރު ނުފުރޭ ކުޑަކުދިންނަށް މީސްމީޑިޔާގެ އެއްވެސް މަންސައެއް ބޭނުންނުކުރެވޭ ގޮތް ތުރުކީގައި ހަމަޖައްސައި އެވެ.

އެގައުމުގެ ގެޒެޓުގައި އާންމު ކުރި ގަވައިދެއްގެ ދަށުން މީސްމީޑިއާ ބޭނުންކުރާ ހުރިހާ ފަރާތްތަކުގެ އުމުރު ސަރުކާރުގެ އީ-ޑެވްލެޓް ޕޯޓަލް މެދުވެރިކޮށް ކަށަވަރުކުރުން ލާޒިމުކޮށްފައިވެ އެވެ.

މި ޤަވާއިދުގައި ކަނޑައެޅިފައިވާ ގޮތުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް މީސްމީޑިޔާ ބޭނުންކުރެވޭނީ އެ ކުދިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ހެދިބޮޑުވުމަށް ގެއްލުން ނުވާނެ ގޮތަކަށެވެ. އެ ޢުމުރުފުރައިގެ ކުދިންގެ އެކައުންޓުތައް ހުޅުވާ ވަގުތުން ފެށިގެން ވަކި ޕްރައިވެސީ ސެޓިންގތަކެއް ޤާއިމުކޮށްފައި ހުންނަން ޖެހޭ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ޕްރައިވެސީއާ ގުޅޭ ގޮތުން އެ ޤަވާއިދު ލާޒިމުކުރާ ކަންކަމުގެ ތެރޭގައި، ފްރެންޑް ރިކުއެސްޓެއް ޤަބޫލުނުކުރާހާ ހިނދެއްގައި ޕްރޮފައިލް ނުބެލޭ ގޮތް ހެދުމާއި، ކުޑަކުދިންގެ އެކައުންޓުތަކުން ލައިވް ބްރޯޑްކާސްޓް ކުރުން ހުއްޓުވުމާއި، ކުދިންނަށް ޚާއްޞަ އިޝްތިހާރު ދެއްކުން ހުއްޓުވުން ހިމެނެއެވެ.

ހަމައެއާ އެކު، ކުދިންނަށް މެސެޖު ކުރެވޭނީ ހަމައެކަނި އެ ކުދިން ފޮލޯ ކުރާ އެކައުންޓުތަކަށް ކަމަށާއި، ފޮލޯވަރުންނާއި ފޮލޯ ކުރާ މީހުންގެ ލިސްޓު ޢާންމުންނަށް ނުފެންނަ ގޮތް ހަދަން ޖެހޭ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މި ޤަވާއިދަށް ޢަމަލުކުރަން ފަށާނީ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. 
މިހާރު ހުރި އެކައުންޓުތައް ބޭނުންކުރާ ފަރާތްތަކުގެ އުމުރު ޔަޤީންކުރުމުގެ މަސައްކަތް 2027 ވަނަ އަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ނިންމަން ޖެހޭ އިރު، 15 އަހަރު ނުފުރޭ ކުދިންގެ އެކައުންޓެއް ފާހަގަވެއްޖެ ނަމަ އެ އެކައުންޓު ބަންދުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް