ޣައްޒާ މަސްރަޙް: ހަމަލަތައް ހުއްޓައިލުމާއެކު އެތައް ހާސް ބަޔަކު އެނބުރި ޢައްޒާ ބިމަށް

ދެ އަހަރު ވީ ހަނގުރާމައިގެ ހަމަލަތައް ހުއްޓައިލަން އިސްރާއީލު އަދި ހަމާސް އިންވެސް އެއްބަސްވެ އެކަން އިޢުލާނުކުރުމާއެކު އެތައް ހާސް ރައްޔިތުންނެއް އެނބުރި ޣައްޒާއަށް ދިޔުމުގެ ދަތުރު ފަށައިފިއެވެ. އެމެ...

11 Oct 2025 | 06:00
ޣައްޒާގެ ރައްޔިތުން އަންނަނީ ޣައްޒާއަށް އަލުން ދަތުރު ކުރަމުން - ފޮޓޯ: އަނަދޮލު ނިއުސް އޭޖެންސީ

ޣައްޒާގެ ރައްޔިތުން އަންނަނީ ޣައްޒާއަށް އަލުން ދަތުރު ކުރަމުން - ފޮޓޯ: އަނަދޮލު ނިއުސް އޭޖެންސީ

ދެ އަހަރު ވީ ހަނގުރާމައިގެ ހަމަލަތައް ހުއްޓައިލަން

އިސްރާއީލު އަދި ހަމާސް އިންވެސް އެއްބަސްވެ އެކަން އިޢުލާނުކުރުމާއެކު އެތައް ހާސް

ރައްޔިތުންނެއް އެނބުރި ޣައްޒާއަށް ދިޔުމުގެ ދަތުރު ފަށައިފިއެވެ.

އެމެރިކާއިން އިސްވެ އެކުލަވައިލި މަގުޗާޓަށް

މިސްރުގައި މަޝްވަރާތައް ކުރުމަށްފަހު އެ މަގުޗާޓުގެ ފުރަތަމަ މަރުޙަލާއަށް

އިސްރާއީލާއި ހަމާސް އިން އެއްބަސްވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ހުކުރު

ދުވަހު އިސްރާއީލުގެ ކެބިނެޓެއް ބާއްވައި އެ މަރުހަލާ އިސްރާއީލުގެ ކެބިނެޓުން

ފާސްކުރުމާއެކު އިސްރާއީލުގެ ހަމަލަތައް ހުއްޓައިލިއެވެ.

އާ އުންމީދެއް ލިބިފައިވާ މި ދަނޑިވަޅުގައި އެތައް

ހާސް ބަޔަކު އަލުން އަނބުރާ ޣައްޒާއަށް ދަތުރު ފަށާފައިވާއިރު އެއްބަސްވުމުގެ

ފުރަތަމަ މަރުޙަލާގައި އިސްރާއީލުގެ ފައުޖުތައް ވަކި ހިސާބަކަށް ފަހަތަށް ޖެހެން

ޖެހެއެވެ. ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި، ދިރިތިބި އަސީރުން ހަމާސްއިން

ދޫކޮށްލަން އަދި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަޞްޠީނުގެ ހައްޔަރީން މިނިވަން

ކުރަން ޖެހެއެވެ.

އެމެރިކާގެ އެ މަގުޗާޓުގައި ފާހަގަކޮށްފައިވާ ބޮޑެތި

ބައެއް އެހެން ކަންކަމަށް ބަލާއިރު ޣައްޒާ ބިމުން އިސްރާއީލު ސިފައިން އެކުގައި

ފޭބުމާއި ހަމާސް އިން ބާރާއި ހަތިޔާރު ދޫކޮށްލުން ހިމެނެއެވެ. ނަމަވެސް ފުރަތަމަ މަރުޙަލާގައި

އެކަން އަދި ނުކުރެއެވެ.

އެހެންނަމަވެސް އިއްޔެ އިސްރާއީލުގެ ބޮޑުވަޒީރު ބުނެފައިވަނީ

ދެން އޮތީ ހަމާސްއިން ބާރާއި ހަތިޔާރު ދޫކޮށްލުން ކަމަށާއި ރީތި ގޮތުގައި އެކަން

ކޮށްފިނަމަ ފަސޭހަ ވާނެކަމަށާއި ދެކޮޅު ހަދާނަމަ އަނެއްކާވެސް ބާރުގެ ބޭނުންކުރަން

މަޖުބޫރު ވާނެކަމަށެވެ.

އެމެރިކާގެ އެ މަގުޗާޓަށް ދެ ފަރާތުންވެސް

މަޝްވަރާތަކަށް ފަހު އެއްބަސްވަމުން އަންނައިރު 2023 ވަނަ އަހަރުގެ އޮކްޓޯބަރު

މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭ ގަޑިން ބަލާނަމަ ހެނދުނު 08:30 ގައި ފެށުނު މި

ހަނގުރާމައަށް ދެ އަހަރަށްފަހު ނިމުމެއް އަންނަނީ ކަމުގައި ބެލުމުގެ ފުރުޞަތު ބޮޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް