އަލްހާން އަލީ ރަމީޒަށް: ‏ލަވަކިޔުން ހުއްޓާލިޔަސް ކީހާ ލަވަ ވިއްކާ ކެއުން ހުއްދަތޯ؟

ފަހަކަށް އައިސް އަލީ ރަމީޒް އަދި އަލްހާން ފަހުމީގެ ކޯޅުންގަނޑު ބޮޑުވެ އެކަމަށް ދިވެހިންގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ. ދެއިރު ކާ ބޭހެއް ހެން ދެއިރު ދެޅައަށް ޓްވީޓާއާއި ފޭސްބުކް މެދުވެރި...

11 Oct 2020 | 16:38

ފަހަކަށް އައިސް އަލީ ރަމީޒް އަދި އަލްހާން ފަހުމީގެ ކޯޅުންގަނޑު ބޮޑުވެ އެކަމަށް ދިވެހިންގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ. ދެއިރު ކާ ބޭހެއް ހެން ދެއިރު ދެޅައަށް ޓްވީޓާއާއި ފޭސްބުކް މެދުވެރިކޮށް އަލްހާން ފަހުމީ އަންނަނީ އަލީ ރަމީޒްއަށް ނިސްބަތްކޮށް ހަޑިހިތުރު ބަހުން ތަފާތު ވާހަކަތަށް އާންމުކުރަމުންނެވެ.

އެގޮތުން އަލްހާން ފަހުމީ ދަނީ އަލީ ރަމީޒްގެ ދީންވެރިކަމަށާއި އޭނާގެ އަމިއްލަ ޒާތަށް ވެސް ހުތުރުވާ ފަދަ ބޭއަދަބީ ބަސްތަށް ބުނަމުންނެވެ. އެގޮތުން މި ވޭތުވެ ދިޔަ ހަތަރު ވަރަކަށް ދުވަހު އަލީ ރަމީޒްއަށް ފާޑުކިޔާ ބޭ އަދަބީ ބަސްތަށް ބުނެ ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ސްޓޭޓަސް ތަކުގެ އަދަދު ގިނަކަން ފާހަގަ ކުރެވެއެވެ.

އެގޮތުން މިއަދުވެސް އަލީ ރަމީޒްއާއި ގުޅޭގޮތުން ފޭސްބުކްގައި ގިނަ ސްޓޭޓަސްތަކެއް ޖަހާ އާންމު ކުރިއިރު އޭގެތެރެއިން އެއް ސްޓޭޓަސް އެއްގައި އަލްހާން ފަހުމީ ބުނެފައިވާ ވާހަކައަކަށް އަލި އަޅުވާލަމެވެ.

އަލްހާން ފޭސްބުކް ޕޭޖު މެދުވެރިކޮށް އަލީ ރަމީޒަށް ރައްދުކޮށް މިއަދު އާންމުކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ‏2015 ވަނަ އަހަރުގެ ތެރޭގައި على رميز އޭނާ ލަވަ އަލްބަމަކަށް ލިބެންޖެހޭ ފައިސާ ހޯދަން ސިވިލްކޯޓުގައި ދަޢުވާކޮށް، އެފައިސާގެ މައްސަލަ ޝަރީޢަތުން ބޭރުގައި ހައްލުކުރުމަށް ޝަރީޢަތުގައި އެއްބަސްވެ އެފައިސާ ހޯދައިގެން ކައިފައި ވާކަހަމަށެވެ. އަދި ‏ލަވަކިޔުން ހުއްޓާލިޔަސް ކީހާ ލަވަ ވިއްކާ ކެއުން ހުއްދަތޯ ވެސް ސުވާލުކޮށްފައި ވެއެވެ.

" ‏2015 ވަނަ އަހަރުގެ ތެރޭގައި على رميز އޭނާ ލަވަ އަލްބަމަކަށް ލިބެންޖެހޭ ފައިސާ ހޯދަން ސިވިލްކޯޓުގައި ދަޢުވާކޮށް، އެފައިސާގެ މައްސަލަ ޝަރީޢަތުން ބޭރުގައި ހައްލުކުރުމަށް ޝަރީޢަތުގައި އެއްބަސްވެ އެފައިސާ ހޯދައިގެން ކައިފި!

‏ލަވަކިޔުން ހުއްޓާލިޔަސް ކީހާ ލަވަ ވިއްކާ ކެއުން ހުއްދަތޯ؟" އަލަހާން ގެ ފޭސްބުކް ޕޭޖުގައި އާންމުލިރި ސްޓޭޓަސްއެއްގައި ވިދާޅުވެފައިވެއެވެ.

ޢަލީ ރަމީޒަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން މީސްމީޑިއާގައި ނުރުހުންފާޅު ކުރައްވަމުން މީގެ ކުރިންވެސް އަލްހާން ވިދާޅުވެފައިވަނީ ބިދުޢަވެރި ފަގުޑިއެއް އަޅައިގެން މީހުންނަަށް އޮޅުވާނުލުމަށެވެ.

އަލްހާންގެ މި ހުތުރު ބަސްތަކުން އަލީ ރަމީޒަށް ފާޑު ވިދާޅުވަމުން ގެންދަވާއިރު، އެތައް ބަޔަކު އަންނަނީ އަލްހާންގެ މި ފާޑުކިޔުމަށް ސޯޝަލް މީޑިއާގައި ނުރުހުންފާޅު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް