ގައުމީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ދެމުން އަންނަ ގައުމީ އިނާމު ދިނުން މި އަހަރު ފަސްކޮށްފިއެވެ.
ފަސްކޮށްފައިމިވަނީ ކޮވިޑު-19ގެ ހާލަތާއި ގުޅިގެން ކަމުގައި ރައީސް އޮފީހުން ބުނެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން ރައީސް އޮފީހުން ބުނެފައިވަނީ ކޮވިޑާއި ގުޅިގެން ގައުމީ އިނާމު ދިނުމުގެ ޖަލްސާ ފަސްކޮށްފައިވީނަމަވެސް ހާލަތު ރަނގަޅުވުމުން މިކަމަށް ހާއްސަ ޖަލްސާއެއް ބާއްވާނެއެވެ.
ގައުމީ ދުވަހަކީ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މި ދުވަސް ފާހަގަކުރަމުން އަންނަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް