ކޯވިޑް ޖެހިގެން 56 އަހަރުގެ އަންހެނަކު މަރުވެއްޖެ

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އަންހެނަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫގައި ފަރުވާ ދެމުން...

11 Oct 2020 | 12:01

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އަންހެނަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެމީހާ މަރުވީ މިއަދު މެންދުރު ފަހު 2:20 ގައި އެވެ.

މިއީ ކޯވިޑްގައި ރާއްޖެއިން މަރުވި 35 ވަނަ މީހާ އެވެ. މިއަދު މަރުވެފައި މިވަނީ ކޯވިޑަށް ފަރުވާ ދެމުންދާ މީހަކު މަރުނުވާތާ 20 ދުވަސް ފަހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް 10،859 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 9،683 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މިހާރު ބައްޔަށް ފަރުވާ ދެމުން ދަނީ1،134 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް