ރާއްޖޭގައި ތިބި އިންޑިއާ އަސްކަރީންގެ އަދަދު ހާމަނުކުރާނަމަ މުޒާހަރާ ކުރަންޖެހިދާނެ: އަލްހާން

ރާއްޖާގައި މި ވަގުތު ތިބި އިންޑިއާ ސިފައިން އަދަދު ހާމަ ނުކުރާނަމަ މުޒާހަރާއަށް ނިކުންނަން ޖެހިދާނެ ކަމުގައި އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ. ގައުމީ ދިފާއީބާރުގެ ރަސްމީ ޓްވިޓާ ހޭންޑަލް ޓެގް ކުރައްވައ...

11 Oct 2020 | 09:18

ރާއްޖާގައި މި ވަގުތު ތިބި އިންޑިއާ ސިފައިން އަދަދު ހާމަ ނުކުރާނަމަ މުޒާހަރާއަށް ނިކުންނަން ޖެހިދާނެ ކަމުގައި އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

ގައުމީ ދިފާއީބާރުގެ ރަސްމީ ޓްވިޓާ ހޭންޑަލް ޓެގް ކުރައްވައި އަލްހާން ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގައި އިންޑިއާ އަސްކަރީން ތިބި ސަބަބަކާއި، އެމީހުންގެ އަދަދު އެނގުމަކީ ދިވެހި ރައްޔިތުންގެ އޮތް ހައްގެއް ކަމަށެވެ.

"ސަރުކާރުން އެކަން ހާމަ ކުރަން ދެކޮޅު ހަދާނަމަ އެކަން ސާފުކުރަން، އެ ތަފްސީލް ހޯދަން މަގުމައްޗަށް މުޒާހަރާއަށް ނުކުންނަން ޖެހިދާނެ" އަލްހާންގެ އެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/AlhanFahmy/status/1315207363465338880

އަލްހާން މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އެ މީހުން ތިބުމަށް ދައުލަތުން ކުރާ ހަރަދުތަކުގެ މައުލޫމާތު ދިނުމަށް ޑިފެންސް މިނިސްޓްރީން ވަނީ ދެކޮޅު ހަދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް