މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ30.9 ޕަސެންޓު ދަށް ވެއްޖެ އެވެ.
މީރާއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާގޮތުގައި މިދިޔަ މަހު އެ އޮތޯރިޓީ މެދުވެރިކޮށް ދައުލަތަށް ލިބިފައިވަނީ843.04 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައި ބަލާއިރު30 ޕަސެންޓު ދަށް އަދަދެކެވެ.
މީރާއިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ އެހާބޮޑަށް ދަށްވީ ކޯވިޑް-19 އާއި ގުޅިގެން ޓޫރިސްޓުން ރާއްޖެ އައިސްފައިވާ އަދަދު މަދުވެ ޓޫރިޒަމް ދާއިރާގެ ހަރަކާތްތައް މަދުވުމުންނެވެ. އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާއިން ލިބެންޖެހޭ ޓެކްސްތައް ނުދެއްކުމާއި ލޭންޑް ރެވެނިއު ފީ ދައްކާ ޖެހޭ މުއްދަތު އިތުރުކޮށްދީފައިވުން ހިމެނޭ ކަމަށް ބުންޏެވެ.
މީރާ މެދުވެރިކޮށް މިދިޔަ މަހު ލިބުނު އާމްދަނީގެ 45 ޕަސެންޓަކީ އިންކަމް ޓެކްސްޓެވެ. ޖީއެސްޓީގެ ގޮތުައި ލިބުނު އާމްދަނީ25 ޕަސެންޓު ހިއްސާ ކުރާއިރު ބީޓިބީ17 ޕަސެންޓު ހިއްސާ ކުރެއެވެ.
މީރާއަށް ދަންޖަން ޖެހޭ ފައިސާ އޮންލައިންކޮށްވެސް ދެއްކެ އެވެ.
މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 76.74 މިލިއަން ލިބިފައިވާކަމަށް މީރާއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް