ބޮލީވުޑްގެ ބަތަލާ ޔާމީ ގޯތަމް މަސްތުވާތަކެތި ބޭނުން ކުރަންތޯ ސޯޝަލް މީޑިއާގައި ސުވާލުކޮށްފި އެވެ.
މި ސުވާލު ކުރި ސަޕޯޓަރު ބުނެފައިވަނީ ޔާމީ މަސްތުވާތަކެތި ބޭނުން ކުރާނަމަ އޭނާ ހިތްފަޅައިގެން ދާނެ ކަމަށެވެ. އަދި ޔާމީ ތެދުވެރިކަމާއި އެކު ޖަވާބު ދޭނެކަމަށް އުންމީދު ކުރާކަމަށް ބުނެފައިވެ އެވެ.
އޭގެ ޖަވާބުގައި ޔާމީ ބުނެފައިވަނީ އޭނާ މަސްތުވާތަކެތި ބޭނުން ނުކުރާ ކަމަށް ކަމަށެވެ. އަދި އަބަދުވެސް މަސްތުވާތަކެއްޗާއި ދެކޮޅު ކަމަށް ބުނެފައިވެ އެވެ.
ބޮލީވުޑްގެ އެކި ތަރިންނަށް މަސްތުވާތަކެތި ބޭނުން ކުރޭތޯ އެމީހުންގެ ސަޕޯޓަރުން ދަނީ ބަލަމުންނެވެ. ސުޝާންތު ސިންގް ރާޖްޕުޓްގެ މަރާއި ގުޅިގެން ހިންގަމުންދާ ތަހުގީގުައި ގިނަ ބޮލީވުދްތަރިންތަކެއް މަސްތުވާތަކެތި ބޭނުން ކުރާކަން ވަނީ ފަޅާ އަރާފައި އެވެ.
މަސްތުވާތަކެތި ބޭނުން ކުރާކަން ހާމަވެފައިވާ ތަރިންގެ ތެރޭގައި ދީޕިކާ ޕަދުކޯން، ޝަރައްދާ ކަޕޫރު ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް