އަމީތާބަށް 78 އަހަރު، ސަޕޯޓަރުންގެ ފަރާތުން ލިބުނު އެންމެ ބޭނުންވި ހަދިޔާ އަކީ ކޮބާ؟

މިއަދަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ތެރޭގައި ހިމެނޭ އަމީތާބް ބައްޗަންގެ 78 ވަނަ އުފަން ދުވަހެވެ. އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން އަމީތާބް ވަނީ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ސަޕޯޓަރުންނަށ...

11 Oct 2020 | 04:04

މިއަދަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ތެރޭގައި ހިމެނޭ އަމީތާބް ބައްޗަންގެ 78 ވަނަ އުފަން ދުވަހެވެ.

އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން އަމީތާބް ވަނީ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް ދުނިޔެއާއި އިންޑިއާގެ އެކި ސަރަހައްދުތަކުގައި ވާހަކަ ދައްކާ ބަސް ބަހުން ލިޔެވަފައިވާ ފޮޓޯއެއް ހިއްސާކޮށްފައި އެވެ.

މި ފޮޓޯ އާއި އެކު އަމީތާބް ބުނެފައިވަނީ ސަޕޯޓަރުންގެ ފަރާތުން ކޮންމެ އަހަރަކު އުފަންދުވަހު އެތައް ހާސް ހަދިޔާއެއް އޭނާއަށް ލިބޭ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން އޭނާއަށް އެންމެ ކަމުދާ އެންމެ ބޭނުންވާ ހަދިޔާ އަކީ އޭނާއަށް ތާއީދު ކުރާ މީހުންގެ ފަރާތުން ލިބެމުންދާ ލޯތްބާއި ބަދަލެއް ނައިސް އޭނާއަށް ކުރަމުންދާ ސަޕޯޓު ކަމަށެވެ.

އަމީތާބް ބުނީ މިހާރު އޭނާއަށް އިތުރު އެއްވެސް ހަދިޔާއެއް ސަޕޯޓަރުންގެ ފަރާތުން ބޭނުން ނުވާ ކަމަށެވެ.

https://www.instagram.com/p/CGLRVibhlqM/?utm_source=ig_embed

އަމީތާބު ވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 ޖެހިގެން ފަރުވާ ހޯދާފައި އެވެ. އޭނާ ފަރުވާއަށް ފަހު ބަލިން ރަނގަޅުވެގެން ދޫކޮށްލީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ.

އަމީތާބް މި ފަހުން ދާއިރާގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ސޮނީ ޓީވީން ދައްކާ "ކޯން ބަނޭގާ ކަރޯޑް ޕަތީ 12" ހިމެނެ އެވެ. އަދި ދީޕިކާ ޕަދުކޯން އާއި ޕްރަބާސް ފެނިގެންދާ ފިލްމު ކުޅެން އަމީތާބް ވަނީ އެއްބަސްވެފައި އެވެ.

އެކަމަކު މި ފިލްމުގެ ނަން އަދި އިތުރު މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް