މިއަދު ކޯވިޑަށް ޕޮސިޓިވްވީ 58 ދިވެހިންނާއި 32 ބިދޭސީން

ރާއްޖެއިން އިތުރު 90 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 58 ދިވެހިންނާއި 32 ބިދޭސީން ކަމަށެވެ. އޭގެ ތެރ...

11 Sep 2020 | 17:07

ރާއްޖެއިން އިތުރު 90 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 58 ދިވެހިންނާއި 32 ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން 78 މީހުން މާލެއިން ޕޮސިޓިވްވެފައިވާއިރު އަތޮޅު ތެރެއިން 12 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ފަރުވާ ދެމުންދަނީ 2،107 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 120 މީހުންނަށެވެ.

މިހާތަަށް ބަލި ޖެހުނު މީހުންގެ ތެރެއިން 6،946 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 8،990 މީހުންނެވެ. އޭގެ ތެރެއިން 31 މީހުން ވަނީ މަރުވެފައި އެވެ.

https://twitter.com/HPA_MV/status/1304464585253179392

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް