ތ. ވޭމަންޑޫ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރިޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވް ވެފައިވަނީ އެރަށުގައި ފުރަބަންދުގައި ހުރި އަންހެނެއް ކަމަށެވެ. އަދި އެއީ 54 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
އެރަށުން ކޮވިޑަށް މީހަކު ޕޮޒިޓިވް ވެފައިވާ އިރު، މިދިޔަ މަހުގެ 20 ވަނަ ދުވަހު އެ އަތޮޅު ތިމަރަފުށިން ވެސް ވަނީ މީގެ ކުރިން ކޮވިޑް ޕޮޒިޓިވް ކޭސްއެއް ފެނިފައެވެ.
އެއީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.
މީގެ އިތުރުން މިއަދު ވަނީ ރ. ދުވާފަރުންވެސް 23 އަހަރުގެ އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ހޯޑެއްދޫ އިން 18 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި ޅ. ނައިފަރުން ބިދޭސީއަކާއި ނ. މަނަދޫން ދިވެހި ފިރިހެނެއްވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް