ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ފަންޑު ފޮއްޓެއް ހުޅުވައިފިއެވެ.
މިއީ އިލެކްޝަންސް ކޮމިޝަނުން އެކޯލިޝަން ޖޫރިމަނާކޮށްފައިވާތީ ފައިސާ ހޯދުމަށް ހުޅުވި ފަންޑު ފޮއްޓެކެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ހައްގު ފޮށި" ގެ ނަމުގައި މި ފަންޑު ފޮށި ހުޅުއްވައިދެއްވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން އެވެ.
މި ރަސްމިއްޔާތުގައި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ފަންޑު ފޮށި ހުޅުވީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެއްމަސް ދުވަހުގެ މުއްދަަތަށް ފަންޑުފޮށި ހުޅުވާފައި ބަހައްޓާނެ ކަމަށެވެ.
"މި ފަޑު ފޮށި ހުޅުވީ އެއްމަސް ދުވަހުގެ މުއްދަތަށް. ޕީޕީއެމްގެ އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި ފައިސާ ހަދިޔާކުރުމުގެ ފުރުސަތު އާންމުންނަށް އޮންނާނެ" ހީނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެ ކޯލިޝަން 75000 ރުފިޔާއިން ޖޫރިމަނާ ކުރީ ސިޔާސީ ޕާޓީގެ ގާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި، އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާ ތަކުރާރުކޮށް ޚިލާފުވުމުން ނެވެ. އަދި މާލޭގައި ބޭއްވި ސައިކަލު ބުރެއްގައި އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވެފައިވާތީ އެ ކޯލިޝަނުގެ ބައެއް އިސްވެރިންވެސް ވަނީ ފުލުހަށް ހާޟިރުކޮށް 1000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.
އޭގެތެރޭގައި ކުރީގެ ރައީސް ޑރ. މުޙައްމދު ވަހީދުވެސް ހިމެނިވަޑައިގަންނަވައެވެ.
ފައިސާ ޖަމާކުރުމަށް: ބޭންކް އޮފް މޯލްޑިވްސް (7730000113564)، ބޭންކް އޮފް ސިލޯން (6320143736)
އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށްފަހު ސްލިޕްކޮޅު ވައިބަރ ނުވަތަ ވަޓްސްއެޕް ކުރުމަށް 7218787
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް