ބޮޑުފުޅަދޫގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކޮށްފި

އއ. ބޮޑުފުޅަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކޮށްފިއެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ރޭޕްކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހުގެރޭގެ...

11 Sep 2020 | 13:07

އއ. ބޮޑުފުޅަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ރޭޕްކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބުނީ ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު، އެ ރަށު ދޯނި އެހެލާ ބަނދަރަށް ގެންގޮސް ދެ މީހަކު އޭނާއާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގައި ވީޑިއޯކޮށްފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 28 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް