އިންޑޮނޭޝިޔާގައި މާސްކު ނާޅާނަމަ ޖައްސަނީ މަހާނަ ވަޅު ކޮންނަން !

އިންޑޮނޭޝިޔާގެ އީސްޓް ޖާވާގައި އާންމު ތަންތާނގައި މާސްކު ނާޅާ އުޅުނު 18 މީހަކަށް ވަރުގަދަ އަދަބެއް ދީފިއެވެ. އެގޮތުން އެ 18 މީހުންނާއި ހަވާލުކުރީ ކޯވިޑް-19ގައި މަރުވާ މީހުން ވަޅުލާނެ މަހާނަ ވަޅު ކޮނުމ...

11 Sep 2020 | 06:33

އިންޑޮނޭޝިޔާގެ އީސްޓް ޖާވާގައި އާންމު ތަންތާނގައި މާސްކު ނާޅާ އުޅުނު 18 މީހަކަށް ވަރުގަދަ އަދަބެއް ދީފިއެވެ. އެގޮތުން އެ 18 މީހުންނާއި ހަވާލުކުރީ ކޯވިޑް-19ގައި މަރުވާ މީހުން ވަޅުލާނެ މަހާނަ ވަޅު ކޮނުމަށެވެ.

މިކަން ހަވާލުކުރި ޑިސްޓްރިކްޓް ހެޑް ބުނެފައިވަނީ މާސްކު ނާޅާ އުޅޭ މީހުންނަށް އެގޮތަށް އަދަބު ދޭން ނިންމީ ދެ ސަބަބަކަށްޓަކައި ކަމަށެވެ. އެގޮތުން އެއް ސަބަބަކީ ކޯވިޑްގެ ބިރު އެމީހުންގެ ހިތްތަކަށް ވެއްދުން ކަމަށާއި އަނެއް ސަބަބަކީ މަހާނަ ވަޅު ކޮންނާނެ މީހުން އެ ޑިސްޓްރިކްޓްގައި މަދުވުން ކަމަށެވެ.

ކުރިއަށް އޮތް ތާނގައިވެސް މާސްކު ނާޅާ އާންމުތަންތާނގައި އުޅޭނަމަ ހަމަ މި އަދަބު ދޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

267 މިލިޔަންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިޔާއިން މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އަށް ހާހަށްވުރެ ގިނަ މީހުން މި ބަލީގައި އެ ގައުމުން ވަނީ މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް