ރާއްޖެއިން ލަންކާއަށް ދިޔަ ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވް

ރާއްޖެއިން ސްރީ ލަންކާއަށް ދިޔަ ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އެ ގައުމުން ބުނެފިއެވެ. އެގޮތުން އެ ގައުމުގެ ޑިޕާޓްމެންޓް އޮފް ގަވަމަންޓް އިންފޮމޭޝަނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ރި...

11 Sep 2020 | 05:01

ރާއްޖެއިން ސްރީ ލަންކާއަށް ދިޔަ ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.

އެގޮތުން އެ ގައުމުގެ ޑިޕާޓްމެންޓް އޮފް ގަވަމަންޓް އިންފޮމޭޝަނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އިއްޔެ އެ ގައުމުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީވެސް ފަސް މީހަކު ކަމަށާއި އެއީ ރާއްޖެއިން އެ ގައުމަށްދިޔަ ފަސް މީހަކު ކަމަށެވެ.

ނަމަވެސް އެ ފަސް މީހުންނަކީ ދިވެހިން ކަމެއް ނުވަތަ ރާއްޖެއިން ދިޔަ އެ ގައުމަށް ނިސްބަތްވާ މީހުން ކަމެއް ބުނެފައެއް ނުވެއެވެ.

ސްރީ ލަންކާގައި ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާއިރު މިހާތަނަށް އެ ގައުމުން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އެންމެ 3152 މީހެކެވެ. މަރުވެފައިވަނީ 12 މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް