އިޓަލީގެ ކުލަބު ބްރެޝިއާއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ ލޯނު އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ބަދަލު ވެއްޖެއެވެ.
ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮނާލީ މިލާނަށް ބަދަލުވީ 10 މިލިޔަން ޔޫރޯއަށެވެ.
ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮނާލީ މިލާނަށް ބަދަލުވިނަމަވެސް މިލާނުން ބޭނުންވެއްޖެ ނަމަ، އަންނަ ސީޒަނަށްފަހު 15 މިލިޔަން ޔޫރޯއަށް ޓޮނާލީގެ އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އުމުރުން 20 އަހަރުގެ ޓޮނާލީ މިލާނާ ގުޅުނުއިރު، އޭނާ ހޯދުމަށް އިންޓަމިލާނުންނާއި އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކުންވެސް ވަނީ މަސައްކަތް ކޮށްފައެވެ.
ބްރެޝިއާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓޮނާލީ ވަނީ މިދިޔަ ސީޒަނުގައި ޖުމަލް 36 މެޗު ކުޅެދީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.
އައު ސީޒަނަސް ސްކޮޑް ވަރުގަދަ ކުރުމަށް މިލާނުން ޓޮނާލީ ގެނައިރު، އެޓީމުން އަންނަނީ މޮނާކޯގެ މިޑްފީލްޑަރު ޓިމެޔޯ ބަކަޔޯކޯ އާއި، ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ބްރަހިމް ޑިއާޒް އަދި ޓޮޓެންހަމް ހޮޓްސްޕާގެ ޑިފެންޑަރު ސާޖް އޮރިއޭ ގެންނައުމަށް މަސައްކަތްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް