މިއަދު ޕޮސިޓިވްވީ 66 މީހުން، އޭގެ ތެރެއިން 52 މީހުންނަކީ ދިވެހިން

އިތުރު66 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިިޓިވް ވެފައިވަނީ 52 ދިވެހިންނާއި 14 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 12 މީހުންނާއި އިންޑިއާ ދ...

11 Aug 2020 | 17:17

އިތުރު66 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިިޓިވް ވެފައިވަނީ 52 ދިވެހިންނާއި 14 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 12 މީހުންނާއި އިންޑިއާ ދެ މީހެކެވެ.

މިއަދު ޕޮސިޓިވްވި އެންމެންނަކީ މާލޭ ސިޓީން ޕޮސިޓިވްވި މީހުންނެވެ.

މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 2،354 މީހުންނަށެވެ. އޭގެ ތެރެއިން 148 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ބައްޔަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 2،849 މީހަކު ވަނީ ރަނގަޅުވެފައި އެވެ. މި ބަލީގައި މިއަދު މީހަކު މަރުވެފައިވާއިރު މިހާތަނަށް ޖުމްލަ 20 މީހުން ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވެފައިވެ އެވެ.

ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 5،223 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް