ށ. ކޮމަންޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރުއުގެ73 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ކުރިޔަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އެއްގަމުތޮށީގެ ގާ އެތުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެއްގަމުތޮށީގެ ކެޕިން ބީމް ހެދުމުގެ މަސައްކަތް ކަމަށް ބުނެފައިވެ އެވެ.
މި މަޝްރޫޢުގެ ދަށުން 35،348 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 14،731 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެ އެވެ. 12 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލައި 20 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ.
އަދި 190 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތުގެ އިތުރުން 1,991 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ. އެ ރަށު ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.
މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 29.41 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 08 ޑިސެމްބަރ 2019 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް