ގދ. ތިނަދޫ އައިސް ޕްލާންޓު ސަރަހައްދުގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިންމައިފި އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދާ އެމްޓީސީސީން ބުނީ އެ ސަރަހައްދުގައި އެއްގަމު ތޮށިލުމުގެ އަމަލީ މަސައްކަތް މިމަހުގެ ހަތަރު ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން9245 ކިއުބިކް މީޓަރު ސަރަހައްދުގެ ބަނދަރު ފުން ކުރުމާއި 1859.01 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި 9245 ކިއުބިކް މީޓަރު ސަރަހައްދުގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. 161 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މީގެ އިތުރުން 10 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ބަނދަރާ އިންވެގެން ޕޭވްމަންޓް ހެދުމާއި ފެންހިންދާ ނިޒާމު ވަނ ގާއިމްކޮށްފައި އެވެ.
މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މާޗް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
މި މަޝްރޫއަކީ 21.04 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއު އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް