ސުލައިމާން ވަކި ކުރުމަށް ފަހު އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ނެޝަނަލް އިންޓިގްރިޓީ ކޮމިޝަން (އެންއައިިސީ) ގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ. އެންއައިސީގެ މެމްބަރުކަމުގެ މަގާމެއް ހުސްވެފައި ވަނީ ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާން މަގާމުން ވަކި...

11 Aug 2020 | 10:19

ނެޝަނަލް އިންޓިގްރިޓީ ކޮމިޝަން (އެންއައިިސީ) ގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އެންއައިސީގެ މެމްބަރުކަމުގެ މަގާމެއް ހުސްވެފައި ވަނީ ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާން މަގާމުން ވަކި ކުރުމުންނެވެ.

އޭނާ އެ މަގާމުން ވަކި ކުރީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް އެގޮތަށް ލަފާ ދެއްވުމުންނެވެ.

ރައީސް އޮފީހުން ބުނީ ހުސްވެފައިވާ އެންއައިސީގެ މެމްބަރު ކަމުގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހފައިވަނީ މިމަހުގެ 16 ،17 އަދި 18 ވަނަ ދުވަހުގެ ހެނދުނު 8:30 ން މެންދުރު 12:30 އަށް ކަމަށެވެ.

މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް