ކޯވިޑާއި ގުޅިގެން އެހީ ދިނުމުގައި ބޮލީވުޑް ތަރިން ވާދަވެރިކަމެއްގައި!

ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ އާންމު ހާލަތު އެންމެ ބޮޑަށް ދަށްވެފަައިވާ ގައުމީ އަވައްޓެރި އިންޑިއާ އެވެ. އިންޑިއާގައި ކޯވިޑާއި ގުޅިގެން މިލިއަނެއްހާ މީހުން ފަގީރުވެ ހާލުގައި ޖެހިފައިވާއިރު އެމީ...

11 Aug 2020 | 09:00

ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ އާންމު ހާލަތު އެންމެ ބޮޑަށް ދަށްވެފަައިވާ ގައުމީ އަވައްޓެރި އިންޑިއާ އެވެ.

އިންޑިއާގައި ކޯވިޑާއި ގުޅިގެން މިލިއަނެއްހާ މީހުން ފަގީރުވެ ހާލުގައި ޖެހިފައިވާއިރު އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރާއި އަމިއްލަ ޖަމިއްޔާތަކާއި ބޮޑެތި ވިޔަފާރިވެރިންނާއި، އިންޑިއާގެ މަޝްހޫރު މީހުން ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ ތެރެއިން ބޮލީވުޑް ތަރިންގެ މެދުގައި ކޯވިޑަށް ފަންޑު ކުރުމާއި ފަގީރުންނަށް އެހީވުން އޮތީ ވާދަވެރިކަމެއްގެ ތެރޭގައި އެވެ. އެގޮތުން މިފަހަރު ޝާރުކް ހާން ވަނީ އޭނާގެ އޯގާތެރި ދީލަތި އެހީތެރިކަން އިތުރަށް ފުޅަކުރުމުގެ ގޮތުން އޭނާގެ އޮފީސް އިމާރާތް ކޯވިޑްގައި ހާލު ސީރިއަސްވާ މީހުންނަށް ވަރުވާދޭ އައިސީޔޫއަކަށް ބަދަލު ކޮށްފައި އެވެ.

އެ އައިސީޔޫގައި ހާލު ސީރިއަސްވެގެން 15 މީހަކަށް ފަރުވާ ދެމުންދާއިރު ވެންޓިލޭޓަރުގައި ފަރުވާ ދެވޭ ފެންވަރަށް ތަން ވަނީ ތައްޔާރުކޮށްފައި އެވެ. އެއީ ޝަރުކް ހާންގެ ހަރަދުގައި އެވެ.

މީގެ ކުރިން އެތަން ބޭނުން ކުރީ ކޯވިޑްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންނަށް ފަރުވާ ދިނުމަށެވެ. އެގޮތުން އެ ފެސިލިޓީގައި 66 މީހުންނަށް ފަރުވާދިނުމަށްފަހު 54 މީހުން ވަނީ ދޫކޮށްލާފަ އެވެ. ބާކީ ތިބި 12 މީހުން ވަނީ އެތަން އައިސީޔޫއަށް ބަދަލުކުރާތީ އެހެން ފެސިލިޓީތަކަށް ބަދަލުކޮށްފަ އެވެ.

ކޯވިޑާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހެދި ފަންޑަށް ފައިސާގެ އެހީ ދިނުމުގައި ބޮލީވުޑް ތަރިންގެ މެދުގައި ވާދަވެރިކަން ކުރިޔަށް ދިޔަ އެވެ. އެންމެ ބޮޑު އެހީއެއް ދިނީ އަކްޝޭ ކުމާރެވެ.

އޭގެ ފަހުން އަކްޝޭ އަދި ސުޝްމިތާ ސެން ފަދަ ތަރިން ވަނީ ފަގީރު އަަވަށްތަކަށް ގޮސް މީހުން އެހީގެ ތަކެތި ބެހުމުގައި އަމަލީ ގޮތުން ބައިވެރިވެފައި އެވެ. ސޯނޫ ސޫދު އަދި ޝާރުކް ހާން ވަނީ ހާލުގައި ޖެހޭ މީހުންނަށް އެމީހުންގެ އަވަށް ތަކަށް ދިއުމަށް ދަތުރުފަތުރާއި ވަގުތީ ހިޔާ ހަމަޖައްސައި ދީފައި އެވެ.

ކޯވިޑައި ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމުން ފިލްމު އިންޑަސްޓްރީގައި އާދައިގެ މަސައްކަތްތަކުގައި ހަރަކާތްތެރިވި ގިނަ ބަޔަކު ހާލުގައި ޖެހުމުން އެމީހުންނަށް މަހު މުސާރަ ދިނުމުގައި އެންމެ ކުރީގައި ހަރަކާތްތެރިވީ ސަލްމާން ހާނާއި ރިތިކް ރޯޝަން އެވެ. އެ ދެ ތަރިން ވަނީ މުސާރަ އާއި ސިއްހީ ގިނަ އާލާތްތަކެއް އެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ އާއިލާތަކަށް ހަދިޔާ ކޮށްފައި އެވެ.

މިހުރިހާ ކަމަކުން އާންމުންގެ ލޯތްބާއި ތަރުހީބު އެންމެ ބޮޑަށް މިހާތަނަށް ލިބިފައިވަނީ ސޯނޫ ސޫދަށެވެ. ސޯނޫ ވަނީ ހާލު ޖެހިގައި ޖެހޭ މީހުން ހޯދުމަށް އަމިއްލައަށް އެކި ބަސް ސްޓޭޝަން ތަކާއި ރެއިލް ސްޓޭޝަން ތަކާއި މަގުތަކުގައި ދުއްވާފައި ކަމަށް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް