ހުޅުދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ، މި މަޝްރޫޢުގެ ދަށުން 88،623 ކިއުބިކް ...

11 Aug 2020 | 07:12

އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، މި މަޝްރޫޢުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި އަަދި 9 މީޓަރު ދިގު 4 މީޓަރު ފުޅާ ބްރިޖެއް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މީގެ އިތުރުންވެސް މި މަޝްރޫޢުގެ ދަށުން 2،250 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރެވޭނެ ކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު 28 ޖުލައި 2020 ގައި މޮބިލައިޒް ކުރެވިފައިވާއިރު، މި މަޝްރޫޢު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 61.4 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް