ނ. ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ 71 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.
އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން ހެނބަދޫ ބަނދަރުގެ ބޭރު ތޮށީލުމުގެ 78 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އެއްގަމު ތޮށި ލުމުގެ މަސައްކަތުން 68 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް މައުލޫމާތުދެ އެވެ.
މި މަޝްރޫއުގެ ދަށުން 44،615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް 259 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލާނެ އެވެ. 173 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 203 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ހަމަޖެހިފައިވެ އެވެ.
އަަދި 25 މީޓަރުގެ ސަރަޙައްްދެއްގައި ނިއު ގްރޯންސް އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން 1,1015 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެ އެވެ.
އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 26.6 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 ސެޕްޓެމްބަރ 2019 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް