ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ ތަހުގީގު ހިންގުމަށް އުފައްދާފައިވާ މަރު ކޮމިޝަނަށް ކުރެވުނު ހަމަ އެކަނި މަސައްކަތަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދަށް އެ މަގާމު ހޯދައި ދިނުމަށް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މަރުކޮމިޝަނުގެ މަސައްކަތްތައް ލަސްވުމާއި ތަހުގީގު ކުރަމުއްދާ އެއްވެސް މައްސަލައެއް ނިމުމާއި ހަމައަށް މިހާތަނަށް ގޮސްފައި ނުވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެކަމަކު އެ ކޮމިޝަނުން ބުނެފައިވަނީ މައްސަލަތައް ވަރަށް ހަލުވިކަމާއި އެކު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކޮމިޝަނަކީ ފެއިލްވެފައިވާ ތަނެއް ކަމަށެ. އަދި މަރު ކޮމިޝަން އުފެދުނު ފަހުން މިހާތަނަށް ކުރެވުނީ އެންމެ ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.
އިތުރު އެއްވެސް މަސައްކަތެއް ދެން އެ ކޮމިޝަނުން ނުކުރާނެ ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ މަރު ކޮމިޝަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ހުސްނުއް ސުއޫދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހޯދައި ދިނުން ކަމަށެވެ. އެ ތަނަށް އިތުރު މަސައްކަތެއް ނުކުރެވޭކަމުގެ މިސާލު ދައްކަވަމުން ޝަހީމް ވިދާޅުވީ ރާއްޖޭގައި ހިންގާކަމަށް އެ ކޮމިޝަނުން ބުނި އަލްގައިދާ ގެ ފިހާރަ ދައްކަން ޖެހޭ ކަމަށެވެ.
https://twitter.com/Mohamedshaheem1/status/1292911816398516225
ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ޑރ< ޝަހީމް މަރު ކޮމިޝަނަށް ފާޑުކިޔައި ދޭތެރެ ދޭތެރެއިން ޓުވީޓު ކުރައްވަ އެވެ. ޝަހީމް އެ ކޮމިޝަނާއި މެދު މާބޮޑަށް ހިއްތަހަމަ ޖެހިވަޑައިނުގަންނަވަން ޖެހުނީ ޑރ. އަފްރީމް އަލީގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ މައްސަލައިގަ ޝަހީމްއަށް ބައެއް ކަންކަމުގައި ޝައްކުގެ އިނގިލި ދިއްކުރުމުންނެވެ.
އެކަމާއި ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ ޑރ. އަފްރާޝިމްގެ މަރުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް