ރ. މީދޫ ކަރަންޓީންގައި ހުރި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އުމުރުން 72 އަހަރުގެ މީހެކެވެ. އެމީހާ އަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާ އަށް ގޮސް އައިސް ކަރަންޓީންގައި ހުރި މީހެކެވެ. އޭނާ ކަރަންޓީން ކޮށްފައި ހުރީ އެ ރަށު ސިއްހީ މަރުކަޒުގައި އެވެ.
އެމީހާ ރާއްޖެ އައީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. އިންޑިއާއިން ރާއްޖެ އައުމުގެ ކުރިން ކޯވިޑަށް ހެދި ޓެސްޓު ނެގެޓިވް ކަމަށް މައުލޫމާތު ލިބެ އެވެ.
އެމީހާ ކަރަންޓީން ކޮށްފައިވަނިކޮށް މަރުވުމުން ކޯވިޑަށް ޓެސްޓު ކުރުމަށް ވަނީ ސާމްޕަލް ނަގާފައި އެވެ. އެ ސާމްޕަލް ޓެސްޓު ކުރަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް