ޖުލައި، އޮގަސްޓު އަދި ސެޕްޓެމްބަރުގެ އިންކަމް ސަޕޯޓު އެލަވަންސަށް އެދެން ހުޅުވާލައިފި

ކޯވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރު ކުރި ދިވެހި މުވައްޒަފުން ޖުލައި، އޮގަސްޓު އަދި ސެޕްޓެމްބަރު މަހުގެ އިންކަމް ސަޕޯޓު އެލަވަންސް އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ކޯވިޑާއި ގުޅީގެން ފުރަ...

11 Aug 2020 | 06:00

ކޯވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރު ކުރި ދިވެހި މުވައްޒަފުން ޖުލައި، އޮގަސްޓު އަދި ސެޕްޓެމްބަރު މަހުގެ އިންކަމް ސަޕޯޓު އެލަވަންސް އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޯވިޑާއި ގުޅީގެން ފުރަތަމަ އިންކަމް ސަޕޯޓު އެލަވަންސް ދޭން ނިންމާފައިވަނީ މާޗް، އެޕްރިލް އަދި މަހަށެވެ. އެލަވަންސްގެ ގޮތުގައި ދޫކުރަމުން ދަނީ ގިނަ ވެގެން 5،000 ރުފިޔާ އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންކަމް ސަޕޯޓު ދޭން އުސޫލަށް ގެނައި ބަދަލާއި އެކު މިދިޔަ ޖުލައި މަހާއި އޮގަސްޓު އަދި ކުރިޔަށް އޮތް ސެޕްޓެމްބަރު މަހުގެ އެލަވަންސަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ތިން މަހުގެ އެލަވަންްސަށް އެދުމުގެ މުއްދަތު ހަމަވަނީ ދެ ތާރީހެއްގައި އެވެ.

އެގޮތުން ޖުލައި އަދި އޮގަސްޓު މަހުގެ އިންކަމް ސަޕޯޓު އެލަވަންސް އަށް އެދުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 31 ވަނަ ދުވަހެވެ. ސެޕްޓެމްބަރު މަހުގެ އެލަވަންސްއަށް އެދުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 30 ވަނަ ދުވަހެވެ.

މި ތިން މަހުގެ އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ޖޮބް ސެންޓަރުގައި އޮންލައިންކޮށް ފޯމް ފުރާ ފަރާތްތަކަށް އެކަންޏެވެ.

މި އެލަވަންސް ލިބޭނީ ކޯވިޑްގެ ހާލަތާއި ގުޅިގެން ވަޒީފާއިން ވަކި ކުރި މީހުން، ސަސްޕެންޑު ކުރި މީހުން، ނޯ ޕޭއަށް ފޮނުވާލި މީހުން އަދި މުސާރައިން ބައެއް އުނިކުރި މީހުންނާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންނާއި މުސާރައިން ބައެއް އުނި ކުރި މީހުންގެ ތެރެއިން އެލަވަންސް ނިދުމަށް ހަމަޖެހިފައިވަނީ 5،000 ރުފިޔާގެ އާމްދަނީ ނުލިބޭ މީހުންނަށާއި އެއަށްވުރެ ދަށުން ލިބޭނެ ނަމަ 5،000 ރުފިޔާއަށް މަދުވާ ބައި ހަމަކޮށްދީގެންނެވެ.

ކޯވިޑާއި ގުޅިގެން އެންމެ ގިނަ ވަޒީފާ ގެއްލިފައިވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. ރާއްޖޭގެ ބޯޑަރު މިދިޔަ މަހު އަލުން ހުޅުވި ނަމަވެސް ހުރިހާ ރިސޯޓުތަކެއްގެ އޮޕަރޭޝަންތައް ފެށޭނެ ކަމަށް ސަރުކާރުން ލަފާ ކުރަނީ އަންނަ ޑިސެމްބަރު މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް