ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދޭ ހޮޓްލައިނެއް ގާއިމްކޮށްފި

ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދޭ ޙާއްސަ ހޮޓްލައިނެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ޤާއިމްކޮށްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގ...

11 Aug 2020 | 06:00

ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދޭ ޙާއްސަ ހޮޓްލައިނެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ޤާއިމްކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނީ މިފަދަ ހޮޓްލައިނެއް ޤާއިމްކުރުމުގެ ބޭނުމަކީ ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތު ވީހާވެސް ލުއިފަސޭހަކޮށް ފޯރުކޮށްދިނުމަށްކަމަށެވެ.

ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމަށް ޙާއްސަ ހޮޓްލައިނެއް އެ މިނިސްޓްރީން ކަނޑައެޅިއިރު، ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ހޯދުމަށާއި، ގަސްކާނާއާއި ދަނޑުވެރިކަމުގެ ބޭސް އެތެރެކުރުމާބެހޭ މައުލޫމާތު ސާފުކުރުމުގެ ކަންކަމުގައި ގުޅަން ވަކި ޙާއްސަ ހޮޓްލައިން ނަންބަރުތައް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން އެ މިނިސްޓްރީން ވަނީ، ދިރޭ ޖަނަވާރު އެތެރެކުރުމުގެ ހުއްދަ ހޯދުމުގެ އިތުރުން ވެޓެރިނަރީ ކްލިނިކްގެ ޙިދުމަތް ހޯދުމަށް ގުޅަން ވަކި ޙާއްސަ ނަންބަރުތަކެއް ވަނީ ކަނޑައަޅާފައެވެ.

https://twitter.com/MoFMRAmv/status/1292749827130892288

ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން ޤާއިމްކުރި ހޮޓްލައިން ނަންބަރަކީ 3339237 އެވެ. މި ނަންބަރުން ޙިދުމަތް ލިބޭނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ.

ފަންނީ ބޭފުޅުން ރަށްރަށައް ޒިޔާރަތްކޮށް ދަނޑުވެރިކަން ކުރަންވީ ރަނގަޅު ގޮތްތައް ބުނެދީ، ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތާއި ތަމްރީނު ދިނުމަށް އެ މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް