ކޯވިޑް-19 އާއި ގުޅިގެން ޖުމްލަ 1،760 ފަރާތަކަށް 306 މިލިއަން ރުފިޔާ ދިނުމަށް އެސްއެމްއީ ޑިވޮލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަނުން ނިންމައިފިއެވެ.
ކޮވިޑާއި ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ވިޔަފާރި ކުރާފަރާތްތައް ހިމެނޭ ގޮތަށް ލޯންގެ ގޮތުގައި ދޫކުރުމަށް އަދުދަތައް އެސްޑީއެފްސީން ހާމަކޮށްފައިވާއިރު، ވިޔަފާރިތަކުގެ ކެޓެގެރީ އިން ޖުމްލަ 1239 ފަރާތަކަށް 291.2 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
އިތުރު 15.5 މިލިއަން ރުފިޔާ އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ނުވަތަ ސެލްފް އެމްޕްލޯއިޑް 521 ފަރާތަކަށް ދިނުމަށް ކަނޑައެޅުމާއިއެކު، މުޅި ޖުމްލަ 306.7 މިލިއަން ރުފިޔާ ލޯންގެ ގޮތުގައި ދިނުމަށް ނިންމާފައިވާކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.
https://twitter.com/SDFC_mv/status/1293039497303621632
ޖުމްލަ ލޯން ދޫކުރުމަށް ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި 462 ކަނބަލުންނަށް ލޯން ދޫކުރުމަށް ނިންމާފައިވެއެވެ. އެގޮތުން އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ހިމެނޭ ގޮތަށް ދޭ 98.4 މިލިއަން ރުފިޔާ މީގެ ތެރޭގައި ހިމެނެއެވެ.
އެސްޑީއެފްސީން ވިޔަފާރިތަކަށް އެހީތެރިވުމަށް ލޯނު ދޫކޮށްފައިވާއިރު މީގެ ކުރިން އެސްޑީއެފްސީން ލޯނު ނަގާފައިވާ ފަރާތްތަކަށް އެ ލޯނު އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސް ކުރުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް