ރާއްޖޭގެ ފަސް ރަށަކަށް ބޯފެން ދިނުމަށް ފެން ޕްލާންޓުތަކެއް ބަހައްޓަން ޗައިނާ ސަރުކާރުން އެހީދީފި އެވެ.
ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖަންގް ލޮޖޮން ވިދާޅުވީ ޑީސަލިނޭޝަން ޕްލާންޓުތަކެއް ބަހައްޓަން ނެޝަނަލް ޕްލޭނިން މިނިސްޓްރީއާއި ހަވާލުކޮށް، 11.8 މިލިއަން ޑޮލަރު (181،729،000 ރުފިޔާ) ގެ އެހީއެއް ދީފައިވާ ކަމަށެވެ. އަދި މި ޕްލާންޓްތައް ބަހައްޓާނެ ކަމަށް ޖަންގް ވިދާޅުވީ، ހއ. ކެލާ އާއި ރ. އަލިފުއްޓާއި ޅ. އޮޅުވެލިފުއްޓާއި ކ. ކާށިދު އަދި ގއ. ދާންދޫގައި ކަމަށެވެ.
https://twitter.com/AmbassadorZhang/status/1292691896549048320
ޖަންގް ވިދާޅުވީ، އެ ފަސް ރަށުގައި ބަހައްޓަން ކަނޑައަޅާފައި ވަނީ މައިކްރޯ ގްރިޑް ޑީސަލިނޭޝަން ޕްލާންޓުތަކެއް ކަަމަށެވެ.
އެކި ކަންކަމުގައި ޗައިނާ އިން އަންނަނީ ރާއްޖެއަށް ގިނަ އެހީތަކެއް ވަމުން ނެވެ. ކޮވިޑް-19 އާ ގުޅިގެން ދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަމުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުމަށްޓަކައި އެ ގައުމުން ވަނީ ޕީޕީއީ ހަދިޔާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް