ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަންގެ ދަރި އަދި ތަރި އަބީޝޭކް ބައްޗަންވެސް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
https://twitter.com/juniorbachchan/status/1282018653215395840?s=19
އަބީޝޭކް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނަ އަދި އޭނާގެ ބައްޕަ މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވީނަމަވެސް އަދި ފެންނަނީ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށެވެ. ދެމީހުންވެސް ތިބީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ކަމަށެވެ.
އަމީތާބާއި އަބީޝޭކް ޕޮޒިޓިވް ވެފައިވާއިރު އެ އާއިލާއަށް ނިސްބަތްވާ އެންމެން ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމުގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް