މިއަދުވެސް ކޯވިޑް-19 އަށް ރާއްޖެއިން 40 އަށްވުރެ ގިނަ ދިވެހިން ޕޮސިޓިވްވެއްޖެ އެވެ.
އެޗްޕީއޭގެ މައުލޫމާތުތަކަށް ބަލާއިރު މިއަދު ޕޮސިޓިވްވެފައިވަނީ 47 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 43 ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހަކާއި އިންޑިއާ މީހެކެވެ.
މިއަދު ބަލިން ރަނގަޅުވެފައިވަނީ 30 މީހުންނެވެ. މިހާރު ފަރުވާ ދެމުންދަނީ 368 މީހަކަށެވެ. މީގެ ތެރެއިން 22 މީހަކަށް ފަރުވާ ދެމުންދަނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީގައި އެވެ.
މިހާތަނަށް ރާއްޖެއިން 60،217 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައްޔަށް ޕޮސިޓިވްވެފައިވަނީ ފަސް ޕަސެންޓު ވަރު މހުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 2،664 މީހުންނެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ މަރުވެފައި އެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއި ފަސް ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިން މަރުވެފައިވަނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ފިލިޕިންސް މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް