އިރުގެ އަލިން ހަކަތަ އުފައްދާ އޭޝިއާގެ އެންމެ ބިޔަ މަޝްރޫއު އިންޑިއާގައި

އޭޝިއާ ސަރަހައްދުގެ އެންމެ ބިޔަ އިރުގެ އަލިން ހަކަތަ އުފައްދާ މަޝްރޫއު އިންޑިއާގައި ގާއިމްކޮށްފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުކުރު ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ވަނީ މަދްޔަ ޕްރަދޭޝް ރ...

11 Jul 2020 | 14:11

އޭޝިއާ ސަރަހައްދުގެ އެންމެ ބިޔަ އިރުގެ އަލިން ހަކަތަ އުފައްދާ މަޝްރޫއު އިންޑިއާގައި ގާއިމްކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުކުރު ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ވަނީ މަދްޔަ ޕްރަދޭޝް ރެވާ ސިޓީގައި އިރުގެ އަލިން ހަކަތަ އުފެއްދުމަށްޓަކައި ބެހެއްޓިފައިވާ ސޯލާ ޕެނަލްތަކުގެ ފޮޓޯތައް ދައްކާލައިފައެވެ.

އިންޑިއާގެ މީޑިއާގައި މޯދީ ވިދާޅުވީ، މި ޕްރޮޖެކްޓްގެ މަގްސަދަކީ އެ ގައުމަށް އެތެރެކުރާ މުދަލަށް ބަރޯސާވުން ހުއްޓުވުން ކަމަށެވެ. ސޯލާ ޕެނަލްއަކީވެސް މީގެ ކުރިން އިންޑިއާއަށް އެތެރެކުރާ މުދަލެކެވެ.

750 މެގަވޯޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ މަޝްރޫއުގެ ބޭނުން އިންޑިއާއަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށް މޯދީ ވިދާޅުވިއެވެ. ނަމަވެސް ޕެނަލްތަކާއި، ބެޓެރި އަދި މިއާއި ގުޅުން ހުރި ހުރިހާ ތަކެތި އިންޑިއާ އިން އުފެއްދުމުން މި ލަނޑުދަނޑިއަށް ވާސިލްވެވޭނެ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

އިންޑިއާއިން ފެހި ހަކަތައިގެ މަޝްރޫއުތަކަށް އިސްކަން ދެމުން އަންނަ އިރު، އެގައުމުގައި 34.6 ގިގަ ވޯޓްގެ ހަކަތަ އަކީ އިރުން އުފައްދާ ހަކަތައެވެ. އިންޑިއާއިން އުންމީދުކުރަނީ 2022 ވަނަ އަހަރުގެ ނިޔަލަށް 100 ގިގަ ވޯޓްގެ ހަކަތަ އުފެއްދުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް