ގައުމަށް ފުރުވާލެވެންދެން ކަރަންޓީން ކޮށްފައި ތިބި ބިދޭސީންތަކެއް ފިލައިފި

ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ތިބި ބިދޭސީންތަކެއް ފިލާފައިވާތީ އެމީހުން ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ. ފިލާފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަށް މީހެކެވެ. ފުލުހުން ބުނީ އެމީހުން...

11 Jul 2020 | 12:29

ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ތިބި ބިދޭސީންތަކެއް ފިލާފައިވާތީ އެމީހުން ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފިލާފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަށް މީހެކެވެ. ފުލުހުން ބުނީ އެމީހުން ފިލާފައިވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފުރުވާލަން ނިންމައި އިންތިޒާމްތައް ހަމަޖެހެންދެން ކަރަންޓީންކޮށްފަިއި ތިއްބަ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިކޮނޮމިކް މިނިސްޓްރީންނެވެ. މި މީހުންނަކީ އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ތިބި ބައެކެވެ.

ފުލުހުން ބުނީ މި މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުުޅުމަށް އެދެ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ 99 ޕަސެންޓު މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އެމީހުންގެ ތެރެއިން މިދިޔަ ދެތިން މަސް ތެރޭގައި 2،500 އެއްހާ މީހުން ވަނީ އަނބުރާ ފޮނުވާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް