އުދަ އަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އެލާޓު ނެރެފި އެވެ.
އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ލަފާކޮށް އެލާޓު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށެވެ. އެއީ މެންދުރު ފަހު3:00 ން ރޭގަނޑު7:30 އަށެވެ.
މެޓް އޮފީހުން ލަފާކުރާގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުތަކުގެ ރަށްތަކަށް ބޮޑަށް އުދަ އެރުމުގެ ފުރުސަތު ބޮޑެވެ. ރީނދޫ އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައިގެން ތިބުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.
މެޓް އޮފީހުން އިއްޔެ ބުނެފައިވާގޮތުގައި މާދަމާގެ ނިޔަލަށް މެދު ރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދަ އަރާނެ އެވެ.
އިއްޔެއިން ފެށިގެން އެކި ރަށްރަށަށް އުދަ އަރަމުންދާއިރު ލ. މާވަށަށް އުދަ އަރައި ހުރިހާ ގެއަކަށް ލޮނު ވަދެފައިވާއިރު ތިން ގެއެއްގައި މީހުންނަށް ނޫޅެވޭވަރަށް ފެންބޮޑުވެފައިވެ އެވެ. އެމްއެންޑީއެފުން ދަނީ އެ ރަށުގެ އެކި ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.
ރާއްޖެއަށް މިހާބޮޑަށް އުދަ އަރަމުން މިދަނީ ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ބިޔަ ބާނިތަކެއްގެ ސަބަބުން ކަމަށް މެޓް އޮފީހުން ބުނެ އެވެ. އެކަމަކު ރާއްޖެއަށް ކުރަމުން މިދަނީ އެ ބާނިތަކުގެ ނުސީދާ އަސަރު ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް