އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ފުރިހަމަ މައުލޫމާތު ހޯދަން ޖެހޭ: ފުލުހުން

ޖިންސީ އަނިޔާ އާއި ދެކޮޅަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާތަކުން މައްސަލަތަކުގައި އަމަލު ކުރެވެމުންދާ ގޮތުގެ ފުރިހަމަ މައުލޫމާތު ހޯދަން ޖެހޭ ކަމަށް ފުލުހުން ބުނެފި އެވެ. ޖިންސީ އަނިޔާ އާއި ރޭޕްއާއި...

11 Jul 2020 | 10:06

ޖިންސީ އަނިޔާ އާއި ދެކޮޅަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާތަކުން މައްސަލަތަކުގައި އަމަލު ކުރެވެމުންދާ ގޮތުގެ ފުރިހަމަ މައުލޫމާތު ހޯދަން ޖެހޭ ކަމަށް ފުލުހުން ބުނެފި އެވެ.

ޖިންސީ އަނިޔާ އާއި ރޭޕްއާއި ދެކޮޅަށް އަމިއްލަ ޖަމިއްޔާތަކުން ނުކުމެ އަޑުއުފުލަން ޖެހެނީ ފުލުހުންގެ ޒިންމާ އަދާ ނުކުރާތީ ކަމަށް އެ ޖަމިއްޔާތަކުން މީޑިއާގައި ބުނެފައިވެ އެވެ. މި ކަމާއި ހިތްހަމަނުޖެހިގެން ފުލުހުން މިއަދު ވަނީ ބަޔާނެއް ނެރެފައި އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ފުލުހުންނަށް އަމާޒުކޮށް ދައްކާފައިވާ އެ ވާހަކަތަކާއި ގުޅިގެން ކަންބޮޑުވެ އެވެ. ފުލުހުން ބުނީ ޒިންމާދާރުގޮތަކީ ކޮންމެ ކަމެއްގައިވެސް އެކަމެއްގެ އެންމެ ފުރިހަމަ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކުން ހޯދުމަށް ފަހު ނޫނީ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ކަމަށް ދެކޭ ކަމަށެވެ.

ހާއްސަކޮށް ކުޑަކުދިންނާއި އަންހެންނުންނަށް ޖިންސީ ގޯނާ ކުރުން ފަދަ ސީރިއަސް މައްސަލަތަކުގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަ ނުދެއްކުމަށް އަންގާފައިވެ އެވެ.

ފުލުހުން ބުނީ މިފަދަ މައްސަލަތަކުގައި އަބަދުވެސް ފަސް ޖެހުމެއްނެތި އިންސާފުވެރިކަމާއި އެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދޭކަށެވެ. ޖިންސީ ގޯނާ ކުރުމާއި ރޭޕްގެ މައްސަލަތައް ރިޕޯޓު ކުރުމަށް3000600 ނަމްބަރަށް ގުޅުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް