ކ. ހިންމަފުއްޓަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އެމީހާ ޕޮޒިޓިވް ވި ކަން އެނގުނީ އިއްޔެ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގގެ ކަންތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"ހޯމް ކަރަންޓީން ފުރިހަމަ ކުރުމަށްފަހު އެގްޒިޓް ސްކްރީން ކުރި އިރު ޕޮޒިޓިވް ވެފައިވަނީ" ތަސްލީމާ ވިދާޅުވިއެވެ.
ހިންމަފުށިން މީހަކު ޕޮޒިޓިވް ވެފައިވާއިރު ތޮއްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަކުއްޖަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް