ހއ. ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައިފި އެވެ.
މި މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.
ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ރަށުގެ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، 12،768 ކިއުބިކް މީޓަރުގެ ނެރު ފުންކޮށްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 30 މީޓަރުގެ ބޭރު ތޮއްޓެއް ލައިފަވާއިރު220 މީޓަރުގެ ރިވެޓްމެންޓެއް ޖަހާފައިވެ އެވެ.
އެމްޓީސީސީން ބުނީ ބަނދަރާއި އިންވެގެން 1445 މީޓަރުގެ ޕޭވްމަންޓެއްގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެމްޓީސީސީ އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން 30 ވަނަ ދުވަހު އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް