މާވަށަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ލ. މާވަށަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މާވަށު ކައުންސިލުން ބުނީ އުދަ އެރުމުގެ ސަބަބުން އެ ރަށުގެ ހުރިހާ ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ. އަދި ގޭގޭގައި އިންދ...

11 Jul 2020 | 07:26

ލ. މާވަށަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މާވަށު ކައުންސިލުން ބުނީ އުދަ އެރުމުގެ ސަބަބުން އެ ރަށުގެ ހުރިހާ ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ. އަދި ގޭގޭގައި އިންދާފައިވާ މޭވާ އާއި ތަރުކާރީ ގަސްތައް ހަލާކުވެފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މަޥަށުގެ ބައެއް މަގުތަކާއި ބައެއް ސަރަހައްދުތަކުގައި ހުރި ގެތަކަށް ފެން ނުވަންނާނެހެން ހެދުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

https://twitter.com/MNDF_Official/status/1281837327107543041

މެޓް އޮފީހުން ލަފާ ކުރާގޮތުގައި މާދަމާގެ ނިޔަލަށް މެދު ރާއްޖެ ތެރެއަާއި ދެކުނުގެ އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ބޮޑު ބާނިތަކެއްގެ ސަބަބުން ކަމަށް ބުނެ އެވެ.

މެޓް އޮފީހުން ވަނީ މޫދަށް އެރުމުގައި އާއި މޫދާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައި އެވެ. އަދި ފަޅުގައި އަޅާފައިވާ ދޯނިތަކަށްވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް