ކޯވިޑް-19 އާއި ގުޅިގެން މާލެ މިހާރު އޮތް ހާލަތަށް ބަލާއިރު މިސްކިތްތަކުގައި ނަމާދު ކުރުން ރަނގަޅަނީ ދުރުދުރުގައި ތިބެގެން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓްޓަރު ޑރ.. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން މިސްކިތްތައް ބަންދުކޮށްފައި ހުންނަތާ ތިން މަސް ފަހުން މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރަން ފެށީކައިރި ކައިރީގައި ތިބިގެނެ ްނަމާދު ކުރާ ގޮތަށެވެ. އިސްލާމިކް ބޮޑެތި ގައުމުތަކުން އިޖްތިމައީ ގައިދުރުކަމުގައި ތިބެގެން ޖަމާއަތުގައި ނަމާދު ކުރަމުން ދިޔަ ނަމަވެސް ރާއްޖޭގެ އިްލާމިކް މިނިސޓްރީން ބުނީ ރާއްޖޭގައި ނަމާދު ކުރަނީ ކައިރި ކައިރީގައި ތިބެގެން ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ޖަމާޢަތުގައި ނަމާދު ކުރާއިރު ރަނގަޅު ވާނީ ގައިދުރުކޮށް ތިބެ ނަމާދު ކުރުމުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.އަދި މިވަގުތު އިސްލާމީ ދުނިޔޭގެ އިލްމުވެރިން ދެކެވަޑައިގަންނަވަނީ ބަލި ފެތުރިފައި އޮތް ސަރަހައްދުގައި އެގޮތައް އަމަލު ކުރުމަށް ކަމަށެވެ.
https://twitter.com/Mohamedshaheem1/status/1281819327742775296
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް