ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އެެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފި އެވެ.
ހެލްތް މިނިސްޓްރީން ބުނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އާންމު ހާލަތުގައި ހުރި ރަށްރަށުން އެހެން ރަށަށް ދަތުރު ކުރެވޭނެ ކަމަށެވެ. އެކަމަކު މާލޭ ސިޓީ އަކީ ވައިރަސް ފެތުރެމުންދާ ރަށަކަށް ވާތީ އަމަލު ކުރަން ޖެހޭނީ ކުރިންވެސް އަމަލު ކުރަމުން އަންނަ ގޮތަށް ކަމަށެވެ.
އެގޮތުން މާލެއަށް އަންނަ ނަމަ ނުވަތަ މާލެއިން ފުރާނަމަ ކަމާ ބެހޭ ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ނަގަން ޖެހޭނެ އެވެ.
އެ މިނިސްޓްރީން ބުނީ އެތެރޭގެ ވައިގެ އުދުހުންތައް ފެށުމުގ ހުއްދަވެސް ވަކި ގަވައިދުތަކެއްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއާލައިންތަކާއި މަޝްވަރާކޮށް އެއާޕޯޓުތަކުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މައުލޫމާތު ދެމުންދާ ކަމަށް ބުނެ އެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. މި ފިޔަވަޅުތަކާއެކު މިހާތަނަށް ހަމައެކަނި ދަތުރުފަތުރު ކުރުމުގެ ހުއްދަ ދީފައިވަނީ ރަށްރަށަށް ބެނުންވާ ޒަރޫރީ ކާބޯތަކެއްޗާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް