ފުރަބަންދުގެ ހާލަތަށް ކުރިއަށް އޮތް ތިން ދުވަހަށް އިތުރު ލުއިތަކެއް ދޭން ނިންމައިފި

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ކުރިއަށް އޮތް ތިން ދުވަހަށް (މިމަހުގެ 15 އާއި ހަމައަށް) އިތުރު ލުއިތަކެއް ދިނުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނިންމ...

11 Jun 2020 | 17:01

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ކުރިއަށް އޮތް ތިން ދުވަހަށް (މިމަހުގެ 15 އާއި ހަމައަށް) އިތުރު ލުއިތަކެއް ދިނުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނިންމަވައި، އެ ނިންމުންތައް ހާމަކުރައްވައިފިއެވެ.

މިފަހަރު ދީފައިވާ ލުއިތަކަކީ

01- ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ދޫކުރެވޭ ހުއްދަތައް ދިނުން އިތުރު ކުރުން

02- އުމުރުން 60 އަހަރުން މަތީގެ ފަރާތްތަކަށް އެހީތެރިއަކު ބޭނުންވާނަމަ އެމީހަކާއެކު ހުއްދަ ލިބިގެން ފަތިހު 05:00 އާއި ހެނދުނު 08:00 އާއި ދެމެދު ތިން ގަޑިއިރަށް ބޭރަށް ނިކުމެ އުޅުން

03- މީހުން، އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން

04- މާލެއާއި ތިލަފުއްޓާ ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަދިނުން އިތުރުކުރުން

05- ހުއްދަ ލިބިގެން ސިނާސީ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ތަންކަށް ދިއުމާއި، އެމީހން ދިރިއުޅޭ ތަންތަނަށް އެނބުރި އައުން

06- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާފައިވާ ގޮތުގެ މަތިން، ފިހާރަތަކާއި އަމިއްލަ އޮފީސްތައް ހުޅުވުން

07- ކޮންސްޓްރަކްޝަން މަސައްކަތްތައް، މާލޭ ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަނޑައަޅާގޮތެއްގެ މަތިން އެ ފަރާތްތަކަށް ހުއްދަ ލިބިގެން ކުރިއަށް ގެންދިއުން

07- ބޭންކުން ކަނޑައަޅާ އުސޫލުގެ ދަށުން ބޭންކުތަކުގެ ހިދުމަތް ދިނުން އިތުރުކުރުން

08- ސިއްހީ ހިދުމަތާއި އެހެނިހެން އާންމު ހިދުމަތްތައް ދިނުން އިތުރުކުރުން

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް