ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކަށް ސަރުކާރު އޮފީސްތައް ހުޅުވާ މުއްދަތު އިތުރުކޮށްފި

ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް ސަރުކާރު އޮފީސްތައް ހުޅުވާ މުއްދަތު އިތުރުކޮށްފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮންނަތާ މިހާރު ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކ...

11 Jun 2020 | 10:22

ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް ސަރުކާރު އޮފީސްތައް ހުޅުވާ މުއްދަތު އިތުރުކޮށްފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮންނަތާ މިހާރު ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު މި މަހުން ފެށިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އޮފީސްތައް ހުޅުވުގެ ހުއްދަ ރައީސް އޮފީހުން ދީފައިވެ އެވެ.

މިއަދު ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 14 އިން 28 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހަފްތާއެއްގެ ހަތަރު ދުވަހު ސަރުކާރު އޮފީސްތައް ހުޅުވާނެ ކަމަށެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ހެނދުނު9:00 ން މެންދުރު1:00 އަށް ހުޅުވާނެ އެވެ.

އޮފީސްތައް ހުޅުވި ނަމަވެސް އާންމުން ގޮސްގެން ދޭ އެއްވެސް ހިދުމަތެއް ނުދޭނެ އެވެ.

ރައީސް އޮފީހުން ބުނީ އޮފީސްތަކުން ކޮންމެހެން ނިންމަންޖެހޭ މަސައްކަތްތައް ކުރުމަށް އޮފީސް ހުޅުވާއިރު ކުރާނެ މަސައްކަތާއި ނުކުންނަން ޖެހޭ މުވައްޒަފުން ކަނޑައަޅާނީ މިނިސްޓަރުން ކަމަށެވެ. މި ނޫން ވަގުތުތަކުގައިވެސް ކޮންމެހެން ކުރަންޖޭ މަސައްކަތެއް އޮތް ނަމަ މިނިސްޓަރުގެ ހުއްދަ އާއި އެކު މުވައްޒަފުންނަށް ނުކުމެ މަސައްކަތް ކުރެވޭނެ އެވެ.

ރައީސް އޮފީހުން ބުނީ އޮފީސްތައް ހުޅުވަން ވާނީ އެޗްޕީއޭގެ ހުއްދަ އާއި އެކު އެވެވ. އަދި އެޗްޕީއޭއިން ކަނޑައަޅާ އިރުޝާދުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް