ކަނޑޫދޫ ގޮނޑުދޮށުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ

ތ. ކަނޑޫދޫ ގޮނޑުދޮށުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ އެވެ. ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވެލިގަނޑު މަތިން ފެންނަނީ ބޯ ކަށިގަނޑެވެ. އަދި ދަތްތައްވެސް ހުއްޓެވެ. އެ ކަށިގަނޑުގެ އިތުރު ބައިއްތަ...

11 Jun 2020 | 09:02

ތ. ކަނޑޫދޫ ގޮނޑުދޮށުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ އެވެ.

ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވެލިގަނޑު މަތިން ފެންނަނީ ބޯ ކަށިގަނޑެވެ. އަދި ދަތްތައްވެސް ހުއްޓެވެ. އެ ކަށިގަނޑުގެ އިތުރު ބައިއްތައްވެސް ކޮންނަ ވަރަކަށް ފެންނާނެ ކަމަށް ބައެއް ފޮޓޯތަަކުން ފެންނަ މަންޒަރުން އެނގެ އެވެ.

ކަނޑޫދޫ ކައުންސިލުން މީޑީއާގައި ބުނެފައިވަނީ އެ ކަށީތަކަކީ ދުވަސްވެފައިވާ ކަށިތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ކަށިތައް ފެނިގެން ކައުންސިލަށް އެކަން އެންގީ އާންމު ފަރާތަކުން ކަމަށެވެ.

މިކަން ފުލުހުންނަށް ރިޕޯޓު ކުރުމުން ފުލުހުން އެރަށަށް ގޮސްފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.

ކަށިތައް ފެނިފައިވަނީ އެ ރަށުގައި މީހުން އުޅޭ ސަރަހައްދާއި ވަރަށް ދުރު ހިސާބަކުން ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް