ކޯވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަންނަ މަހު ހުޅުވާލާއިރު ރާއްޖެ އަންނަ ޓޫރިސްޓުން އަތުން އެއްވެސް އިތުރު ފީއެއް ނުނަގަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ރާއްޖެ އާއި މެދު ދެކޭގޮތް ހިމަނައިގެން ހަދާފައިވާ ވީޑިއޯއެއްގައި ބުނެފައިވާ ގޮތުގައި ރާއްޖެ އަންނަ އެއްވެސް ޓޫރިސްޓެއްގެ އަތުން މީގެ ކުރިން ނަގަމުން އައި ފީތަކުގެ އިތުރުން އެއްވެސް ފީއެއް ނުނަގާނެ އެވެ. އަދި ޓޫރިސްޓުންނަށް އޮންއެރައިވަލް ވިސާ ދޫކުރާނެ އެވެ.
އެ ވީޑިއޯގައި ބުނެފައިވާގޮތުން އެއްވެސް ޓޫރިސްޓަކު ރިސޯޓު ނުވަތަ އެނޫން ތަނެއްގައިވެސް ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ.
https://twitter.com/MoTmv/status/1270734855672922113
ރާއްޖޭގެ ޓޫރިޒަމް އަލުން ފަށައި ގަތުމަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހިޔާލު ހޯދަން ފޮނުވި ގައިޑްލައިންގައި ކުރިން އޮތީ ރާއްޖެ އަންނަ ޓޫރިސްޓުން އތަުން އިތުރު 100 ޑޮލަރު ނަގަން ހިމަނާފައި އެވެ. އަދި ރާއްޖެ އެެތެރެ ވާއިރު ކޯވިޑަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ދާ ރިސޯޓެއްގެ ކޮޓަރީގައި ބޭރަށް ނުނިކުމެ ތިބޭ ގޮތަށެވެ.
ގައިޑްލައިންގައި ހުރި އެފަދަ ކަންކަމާއި ދާއިރާގައި ހަރަކާތްތެރިވާ މީހުން ފާޑު ކިޔާފައިވެ އެވެ. އެގޮތުން ރާއްޖެއިން އަބަދުވެސް ޓޫރިސްޓުންނަށް މަރުހަބާ ކިޔަމުންދާ ގޮތަށް އަލުން ފަށައިގެންނަ އިރު މަރުހަބާ ކިޔުމަކީ ރާއްޖޭގެ ނަން ރީތިވެ އަވަހަށް ކުރިއަރައިގެން ދެނޭވެ ކަމެއް ކަމަށް ބުނެފައިވެ އެވެ.
ބެލެވޭގޮތުގައި ރެ އާންމު ކުރި މި ވީޑިއޯގައި ހިމަނާފައިވާ ކަންކަމަކީ ދާއިރާގެ ފަރާތްތަކުގެ ހިޔާލާއި އެއްގޮތަށް އެ ގައިޑްލައިނަށް ގެނެސްފައިވާ ބަދަލުތަކެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވާލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް