ޗައިނާއިން ރާއްޖެއަށް ސިއްހީ ދާއިރާގައި ބޭނުން ކުރާ ގިނަ އަދަދެއްގެ ސާމާނު ހަދިޔާކޮށްފި އެވެ.
މީގެ ކުރިންވެސް ޗައިނާއިން ހަދިޔާ ކޮށްފަިއވަނީ ސިއްހީ ދާއިރާގައި ބޭނުން ކުރާ ސާމާނާއި ކޯވިޑަށް ޓެސްޓު ކުރާ ކިޓުތަކެކެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި ފަހަރު ވެސް އެ ގައުމުން ދީފައިވަނީ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްތަކެވެ. މިފަހަރު ހަދިޔާ ކުރި ތަކެތީގެ ތެރޭގައި މެޑިކަލް ޕްރޮޓެކްޓިވް ފޭސް މާސްކާއި ސާޖިކަލް މާސްކާއި ޑިސްޕޯސަބަލް ކަވަރޯލްގެ އިތުރުން މެޑިކަލް ގޮގްލްސް އެވެ.
ފޮރިން މިނިސްޓްރީން ދެކޭ ގޮތުގައި މި އެހީއަކީ ނުރައްކާތެރި މި ބަލިމަޑުކަމާ ދެކޮޅަށް ފޮރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ލިބުނު މުހިންމު ހަދިޔާއެކެވެ. އަދި ޗައިނާއިން ވަމުން އަންނަ އެހީތަކަށް ސަރުކާރުގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މީގެ ކުރިން ޗައިނާއިން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި10 ވެންޓިލޭޓަރާއި މާސްކު ފަދަ ތަކެތި ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް