ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން އިތުރު މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބަލިން ރަނގަޅުވީ95 އަށް ޕޮސިޓިވްވި މީހާ ކަމަށެވެ. އެއީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ.
އެމީހާއަކީ އެހެން ޕޮސިޓިވް ކޭސްއަކާއި ގުޅުން ހުރި މީހެއް ނޫނެވެ. މަބްރޫކް ވިދާޅުވީ އެމީހާ ޕޮސިޓިވްވެފައިވަނީ22 އޭޕްރިލްގައި އެވެ.
ކޯވިޑަށް ޕޮސިޓިވްވާ މީހުން ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅަނީ14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރުމަށް ފަހު ބަލީގެ ހުރިހާ އަލާމާތެއް ފިލައި ދިއުމުން ދެ ފަހަރު ކޯވިޑަށް ޓެސްޓުކޮށް ދެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުންނެވެ. އެމީހާ ބަލިން ރަނގަޅުވި ކަމަށް ބަލައި ދޫކޮށްލާނީ އޭގެ ފަހުން އިތުރު14 ދުވަހު އައިސޮލޭޝަން މުއްދަތެއް ފުރިހަމަ ކޮށްފައި އެވެ.
މި މީހާ އާއި އެކު ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން31 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް862 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އަދި ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް