ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް އިން ލަފާކޮށްފި އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވަނީ ހުދު އެލާޓު ނެރެފައި އެވެ.
މެޓް އޮފީހުން ލަފާ ކުރާގޮތުގައި މިއަދު މެންދުރު2:00 ން ރޭގަނޑު7:00 އަށް އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގނަޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބައްދާ ވިއްސާރަ ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ. މި ދުވަސްވަރު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދަ އެރުމުގެ ފުރސަތު އެބައޮތް ކަމަށް ލަފާ ކުރެއެވެ.
މެޓް އޮފީހުން ބުނީ މިމަހު އާންމުކޮށް ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭ މިންވަރަށް ވުރެ10 ޕަސެންޓު އިތުރަށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ފިނި ހޫނު މިންވެސް އެހެން އަހަރުތަކުގެ މެއި މަހުގައި ހުންނަ ވަރަށްވުރެ މަތިވާނެ ކަމަށް ބުނެ އެވެ.
މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް