ކޯވިޑް-19 އަށް އިތުރު27 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
މިއަދުގެ މިހާތަނަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ18 ބަންގްލަދޭޝް މީހުންނާއި ނުވަ ދިވެހިންނެވެ. މިއާއި އެކު ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި ޖުމްލަ އަދަދު862 އަށް ވަނީ އަރާފައި އެވެ.
މިހާތަނަށް އެންމެ ގިނައިން ބަލި ޖެހިފައިވަނީ ބަންގްލަދޭޝް މީހުންނަށެވެ. ދެވަނައަށް އެންމެ ގިނައިން ދިވެހިން ބައްޔަށް ޕޮސިޓިވްވެފައިވާއިރު ރާއްޖެއިން ތިން ވަނައަށް އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ އިންޑިއާ މީހުންނެވެ.
ރާއްޖެއިން އެންގެ ގިނައިން ބަލި ޖެހެނީ އުމުރުން18 އަހަރާއި60 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި ބަލި ޖެހޭ މީހުންގެ85 ޕަސެންޓަކީ ފިރިހެނުންނެވެ.
މި ބަލިން މިހާތަނަށް30 މީހަކު ރަނގަޅުވެފައިވާއިރު ތިން މީހަކު ވަނީ ބަލި ޖެހިގެން މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް